މުދާ އުފުލާ ބޯޓެއް ބަންޑުން ޖަހާލައި ދެ މީހަކު ގެއްލިގެން ހޯދަނީ
އަދަދު
18 ޖެނުއަރީ 2026 | އާދިއްތަ | 8:49
މުދާ އުފުލާ ބޯޓެއް ތާޖް އެގްޒޯޓިކާ ރިސޯޓު ކައިރިން ބަންޑުން ޖަހާލައި، ދެ މީހަކު ގެއްލިގެން ހޯދުމުގެ މަސައްކަތް އެމްއެންޑީއެފް އިން ކުރަން ފަށައިފި އެވެ.
އެމްއެންޑީއެފް އިން ބުނީ "ބަލްމާ-6" ނަމަކަށް ކިޔާ އެ ބޯޓު ބަންޑުން ޖަހާލި ސަރަހައްދުގައި އެމްއެންޑީއެފް މާލޭ އޭރިއާ ކޮމާންޑް ކޯސްޓްގާޑް ސެކަންޑް ސްކޮޑްރަން އާއި ކޯސްޓްގާޑް ޑައިވަރުންގެ ޓީމެއް ދަނީ ހަރަކާތްތެރިވަމުން ކަމަށެވެ.
ބޯޓުން ޖުމްލަ ހަތަރު މީހުން ދަތުރުކުރިއިރު، އޭގެ ތެރެއިން ދެ މީހުން އެ ސަރަހައްދުން ދަތުރުކުރި ދޯންޏަކަށް ނަގާފައިވާ ކަމަށް އެމްއެންޑީއެފް އިން ބުންޏެވެ.