މުއިއްޒުގެ "އަންނަ ހަފުތާ" އެއް އުކުޅަހަށް ނައިސް ރައްޔިތުން މާޔޫސްވެފައި!
އަދަދު
18 ޖެނުއަރީ 2026 | އާދިއްތަ | 9:51
އުކުޅަހަކީ ފަތުރުވެރިކަމުގެ ރަން މުތެއް ފަދަ ރަށެކެވެ. ގެސްޓްހައުސްތަކުން ރަށުގެ ސޫރަ ބަދަލުވަމުން ދިޔަ ނަމަވެސް، އެ ރީތިކަމުގެ ފުރަގަހުގައި އޮތީ ހިތްދަތި ހަގީގަތެކެވެ. ވޭތުވެދިޔަ 40 އަހަރު ދުވަހު ގޯއްޗެއް ދޫނުކުރުމުގެ ސަބަބުން، ރަށުގެ ބައެއް އާއިލާތައް ތިބީ އަމިއްލަ ފަސްގަނޑުގައި ބިކަވެފަ އެވެ.
ރަށުގެ އާބާދީ ގުނަވެ ތިން ހަތަރު ޖީލު އެއް ފުރާޅެއްގެ ދަށުގައި އުޅެން ޖެހިފައިވާ އާއިލާތައް އެބަ އުޅެ އެވެ.
"އެގާރަ މީހުން އެއް ކޮޓަރިއެއްގައި ވެސް އުޅެން މަޖުބޫރުވެފައިވާ އާއިލާއެއް މިރަށުގައި އެބަ އުޅޭ،" ނަން ނުޖެހުމަށް އެދި މީހަކު ބުންޏެވެ.