ދޯނި ބަންޑުން ޖަހާލައިގެން ގެއްލުނީ ދިވެއްސަކާއި ބިދޭސީއެއް

އަދަދު

18 ޖެނުއަރީ 2026 | އާދިއްތަ | 10:09

ހަތަރު މީހުންނާއެކު ދަތުރުކުރަމުންދަނިކޮށް ކ. ވާދޫ ކައިރިން ބަންޑުން ޖަހާލައި "ބަލްމާ 6" ދޯނިން ގެއްލިގެން ހޯދަމުންދަނީ ދިވެއްސަކާއި ބިދޭސީއެއް ކަމަށް ފުލުހުން ބުނެފި އެވެ.

ފުލުހުން ބުނީ މިއަދު ހެނދުނު 7:27 ހާއިރު ހިނގި އެ ހާދިސާގައި ދޯނިން ދަތުރުކުރި ހަތަރު މީހުންގެ ތެރެއިން ދެ މީހުން އެ ސަރަހައްދުން ދަތުރުކުރި ދޯންޏަކަށް ނަގާފައިވާ ކަމަށެވެ.

މުދާ އުފުލާ ދޯނި ބަންޑުން ޖަހާލި ސަރަހައްދުގައި ފުލުހުންގެ އިތުރުން އެމްއެންޑީއެފް އިން ވެސް ދަނީ ހަރަކާތްތެރިވަމުންނެވެ.

މައުޟޫޢުތަށް