މުދާ އުފުލާ ދޯނި ބަންޑުން ޖަހާލި ހާދިސާގައި ގެއްލުނު ދިވެހި މީހާ މަރުވެފައި އޮއްވާ ފެނިއްޖެ

އަދަދު

18 ޖެނުއަރީ 2026 | އާދިއްތަ | 11:56

މިއަދު ހެދުނު އެގްޒޯޓިކާ ރިސޯޓު ކައިރިން ބަންޑުން ޖަހާ މުދާ އުފުލާ ދޯނިން ގެއްލުނު ދިވެހި މީހާ މަރުވެފައި އޮއްވާ ފެނިއްޖެ އެވެ.

ހާދިސާގެ އަޕްޑޭޓެއްގެ ގޮތުގައި ފުލުހުން މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނެފައިވަނީ ދިވެހި މީހާ މަރުވެފައި އޮއްވާ ފެނިފައިވާ ކަމަށެވެ. އެ މީހާ ފެނުނީ ކޮން ހިސާބަކުން ކަމެއް އަދި ދެން ގެއްލުނު ބިދޭސީ މީހާ ފެނިފައިވާ ކަމެއް ފުލުހުން ނުބުނެ އެވެ.

މިއަދު ހެދުނު އެމްއެންޑީއެފް އިން ބުނީ "ބަލްމާ-6" ނަމަކަށް ކިޔާ އެ ދޯނިން ބަންޑުން ޖަހާލި ސަރަހައްދުގައި އެމްއެންޑީއެފް މާލޭ އޭރިއާ ކޮމާންޑް ކޯސްޓްގާޑް ސެކަންޑް ސްކޮޑްރަން އާއި ކޯސްޓްގާޑް ޑައިވަރުންގެ ޓީމެއް ދަނީ ހަރަކާތްތެރިވަމުން ކަމަށެވެ.

މައުޟޫޢުތަށް