ބޭސް ގަންނައިރު، އެއީ ބޭސް ވިއްކުމުގެ ހުއްދަ އޮތް ފާމަސީއެއްކަން ކަށަވަރުކުރަން އެދިއްޖެ
އަދަދު
18 ޖެނުއަރީ 2026 | އާދިއްތަ | 5:22
ބޭސް ފިހާރަތަކުން ބޭސް ގަންނައިރު، އެއީ ބޭސް ވިއްކުމުގެ ހުއްދަ އޮތް ތަނެއްކަން ކަށަވަރު ކުރުމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެފްޑީއޭ) އިން އެދެފި އެވެ.
އެފްޑީއޭއިން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ އެ އޮތޯރިޓީގެ ހުއްދަ ނެތި ބޭސް އިމްޕޯޓުކޮށް ވިއްކުމަކީ މަނާކަމެއް ކަމަށެވެ. އަދި ބޭސް ވިއްކާ ފިހާރަތަކުގައި މަސައްކަތް ކުރާ މީހުން ތިބެން ޖެހޭނީ ވެސް އެ މީހުންނަށް ދޫކޮށްފައިވާ އައިޑީ ކާޑު އަޅައިގެން ކަމަށް އެ އޮތޯރިޓީން ބުންޏެވެ.
އެ ނޫން ގޮތަކަށް ބޭހުގެ ވިޔަފާރިކުރާ ފަރާތްތަކާމެދު ހަރުކަށި ފިޔަވަޅު އަޅާނެ ކަމަށް އެފްޑީއޭގެ ބަޔާނުގައި އިންޒާރު ކޮށްފައިވެ އެވެ.