ޝިއުނާ ބުރުގާ ނާޅާއިރުގެ ފޮޓޯއެއް އާންމުކުރުމުން ކުރީގެ ނައިބުރައީސް، ޖަމީލުއަށް ދައުވާކުރަނީ
އަދަދު
19 ޖެނުއަރީ 2026 | ހޯމަ | 10:26
ޕީއެންސީގެ ސޯޝަލްމީޑިއާ އެކްޓިވިސްޓު، މަރިޔަމް ޝިއުނާ ބުރުގާ ނާޅާއިރުގެ ފޮޓޯއެއް އާންމުކުރި މައްސަލައިގައި ކުރީގެ ނައިބުރައީސް، މުހައްމަދު ޖަމީލު އަހުމަދާ ދެކޮޅަށް ދައުވާކުރަން ހުށަހަޅައިފި އެވެ.
ސޯޝަލްމީޑިއާގައި ޝިއުނާކުރި ޕޯސްޓެއްގައި ބުނީ އޭނާ ބުރުގާ ނާޅާއިރުގެ ފޮޓޯތައް ސޯޝަލްމީޑިއާގައި އާންމުކުރަމުންދާ މައްސަލައިގައި ޖަމީލުއާ ދެކޮޅަށް ދައުވާކޮށް ޖަމީލުގެ އަމަލުގެ ސަބަބުން ގެއްލިފައިވާ ހައްގު ހޯދުމަށް ކަމާބެހޭ އިދާރާތަކަށް ހުށަހަޅާފައިވާ ކަމަށެވެ.
"މުހައްމަދު ޖަމީލު އަހުމަދު ސޯޝަލްމީޑިއާގައި ސިޔާސީ ބޭނުމަށް އަޅުގަނޑަށް ފުރައްސާރަކޮށް ހިޖާބު ނުވާއިރުގެ ފޮޓޯތައް އާންމުކޮށް ހަދަމުންދާ މައްސަލައިގައި ޖަމީލުއާ ދެކޮޅަށް ދައުވާ ކުރުމަށް އަދި ގެއްލިފައިވާ ހައްގުތައް ހޯދުމަށް ކަމާބެހޭ އިދާރާތަކަށް ހުށަހަޅައިފިން،" ޝިއުނާ ކުރި ޕޯސްޓުގައި ބުންޏެވެ.