ކަސްޓަމްސް އަށް ފައިސާ ނުދައްކާ ފަރާތްތަކުގެ ލިސްޓު އާންމު ނުކުރާތާ ތިން މަސް ވަނީ
އަދަދު
19 ޖެނުއަރީ 2026 | ހޯމަ | 12:10
މޯލްޑިވްސް ކަސްޓަމްސް ސާވިސްއަށް ފައިސާ ދައްކަންޖެހޭ މީހުންގެ ލިސްޓު އާންމުކުރާ އުސޫލުގައި ބުނާ މުއްދަތުގައި އެ ލިސްޓު އާންމުކުރުން ސަބަބެއް ނެތި ކަސްޓަމްސް އިން ފަސްކޮށްފި އެވެ.
އޮކްޓޯބަރު 16، 2025، ގައި އެކުލަވާލި މި އުސޫލުގެ ދަށުން ކޮންމެ ދެ މަހަކުން އެއް ފަހަރު ކަސްޓަމްސް އަށް 10،000ރ. ނުވަތަ އެއަށްވުރެ ގިނަ އަދަދަކުން ފައިސާ ދައްކަން އޮވެ ނުދައްކާ ފަރާތްތަކުގެ ލިސްޓު އާންމުކުރަން ޖެހެ އެވެ.
މި އުސޫލުގެ ދަށުން ކަސްޓަމްސް އިން މިހާތަނަށް ލިސްޓު އާންމުކުރީ އެންމެ ފަހަރަކު އެވެ. އެއީ އޮކްޓޯބަރު 25، 2025، ގައި ކަސްޓަމްސް އަށް ފައިސާ ނުދައްކާ އޮތް 675 ހިމެނޭހެން އާންމުކުރި ލިސްޓެވެ. މި ލިސްޓުގައި އާންމު ފަރުދުންނާއި ވިޔަފާރިތައް ހިމެނެ އެވެ.