ހުއްދަ ނުނަގައި ބޭސް ވިއްކާ ނަމަ ފިޔަވަޅު އަޅާނެ ކަމަށް އެޗްޕީއޭއިން ބުނެފި

އަދަދު

19 ޖެނުއަރީ 2026 | ހޯމަ | 7:59

ނަގަންޖެހޭ ހުއްދަތައް ނުނަގައި އެކި ކަންކަމަށް ބޭނުންކުރާ ބޭސް، އެތެރެކޮށް، ތަފާތު އޮންލައިން ޕޭޖްތަކުގައި އިޝްތިހާރުކޮށް ވިއްކަމުންދާކަން ފާހަގަކުރެވިފައިވާތީ، ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިއަދު ބުނެފި އެވެ.

އެޗްޕީއޭއިން ކުރި އިއުލާނެއްގައި ބުނީ ލޭގައި ހަކުރު ހުންނަ މިންވަރު ދަށްކުރުމަށް ބޭނުންކުރާ، "Semaglutide" އަކީ ހަށިގަނޑުގެ ބަރުދަން ލުއިކުރާ ބޭހެއް ކަމަށާއި ހަމުގެ މައްސަލަތަކުގައި ބޭނުންކުރާ، "Azelaic Acid" އަކީ މޫނުގެ ހަންގަނޑު ރީތިކޮށް އަލިކުރާ ބޭހެއް ކަމަށް ކްލެއިމްކޮށް، އޮންލައިން ޕޭޖްތަކުގައި އިޝްތިހާރުކޮށް، ވިއްކަމުންދާ ކަމަށެވެ.

"މި އޮތޯރިޓީން ނަގަންޖެހޭ ހުއްދަ ނުނަގައި ބޭސް އިމްޕޯޓްކޮށް، ވިއްކާ އަދި އިޝްތިހާރުކުރާ ފަރާތްތަކާއި މެދު ބޭހާއި ބެހޭ ގަވާއިދުގެ ދަށުން ފިޔަވަޅު އަޅަމުން ގެންދާނެ ވާހަކަ އާންމުކޮށް އިއުލާންކުރަން،" އެޗްޕީއޭއިން ބުންޏެވެ.

މައުޟޫޢުތަށް