އަބްދުއްރަހީމް ރަސްމީ ދަތުރެއްގައި ސައުދީއަށް ފުރާވަޑައިގެންފި
އަދަދު
19 ޖެނުއަރީ 2026 | ހޯމަ | 11:37
ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ރަސްމީ ދަތުރެއްގައި ސައުދީ އަރަބިއްޔާއަށް މިއަދު ފުރާވަޑައިގެންފި އެވެ.
ރައްޔިތުންގެ މަޖިލީހުން ބުނީ އަބްދުއްރަހީމް ސައުދީއަށް ފުރާވަޑައިގެންނެވީ ސައުދީގެ ގާނޫނު ހަދާ މަޖިލިސް، ޝޫރާ ކައުންސިލްގެ ރައީސްގެ ދައުވަތަކަށް ކަމަށެވެ.
އަބްދުއްރަހީމް ސައުދީއަށް ކުރައްވާ ދަތުރު ނިންމާލެއްވުމަށް ހަމަޖެހިފައިވަނީ މި މަހުގެ 24، ގަ އެވެ.