ޕޭ ފްރޭމްވޯކަށް ގެނައި ބަދަލުން ލީގަލް އޮފިސަރުންގެ މުސާރަ ކުޑަވި މައްސަލަ މަޖިލީހަށް

އަދަދު

20 ޖެނުއަރީ 2026 | އަންގާރަ | 11:00

ސިވިލް ސާވިސްގައި މަސައްކަތް ކުރާ މުވައްޒަފުންގެ މުސާރަތައް އެއްހަމަކުރުމަށް ޕޭ ފްރޭމްވޯކަށް ޕޭ ކޮމިޝަނުން ގެނައި ބަދަލުގެ ސަބަބުން ލީގަލް އޮފިސަރުންގެ މުސާރައިގެ ގޮތުގައި ޖުމުލަ ޖެހޭ މިންވަރު މަދުވެފައިވާތީ އެ މައްސަލަ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފި އެވެ.

މި ބަދަލު ގެނައުމުގެ ކުރިން ލީގަލް އޮފިސަރުންގެ މުސާރަ ކަނޑައަޅާފައި އޮތީ ޑިސެމްބަރު، 2017، ގައި އާންމުކޮށްފައިވާ އޮނިގަނޑެއްގެ ދަށުންނެވެ. އެ އޮނިގަނޑުގެ ދަށުން ކައުންސިލްތަކުގެ ލީގަލް އޮފިސަރުންނަށް މުސާރައިގެ ގޮތުގައި 19،167ރ. ލިބޭއިރު ސިވިލް ސާވިސްގެ ލީގަލް އޮފިސަރުންނަށް 17،127ރ. ލިބެ އެވެ.

ނަމަވެސް، އަލަށް ގެނައި ބަދަލުގެ ސަބަބުން ކައުންސިލްތަކުގެ ލީގަލް އޮފިސަރުންގެ މުސާރަ 18،920ރ. އަށް ވަނީ ދަށްވެފަ އެވެ. ސިވިލް ސާވިސް އޮނިގަނޑުގައި ހިމެނޭ ލީގަލް އޮފިސަރުންގެ މުސާރައަށް ކުޑަ ހެޔޮ ބަދަލެއް ވަނީ އައިސްފަ އެވެ.

މައުޟޫޢުތަށް