މިދިޔަ އަހަރު ކަނޑައެޅި ބަޖެޓަށްވުރެ އިތުރަށް ހަރަދުކުރި އިދާރާތަކުގެ ތެރޭގައި ރައީސް އޮފީހާއި ޑިފެންސް މިނިސްޓްރީ

އަދަދު

20 ޖެނުއަރީ 2026 | އަންގާރަ | 10:18

މިދިޔަ އަހަރަށް ފާސްކޮށް އަމަލުކުރަމުން އައި ބަޖެޓަށް ވުރެ އިތުރަށް ހަރަދުކުރި އިދާރާތަކުގެ ތެރޭގައި ރައީސް އޮފީހާއި ޑިފެންސް މިނިސްޓްރީ ހިމެނިއްޖެ އެވެ.

ވެރިކަން ކުރާ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ސުޕަމެޖޯރިޓީއިން 2025 އަށް ފާސްކުރި ބަޖެޓުގައި އޮތީ ރައީސް އޮފީހަށް 206.8 މިލިއަން ރުފިޔާގެ ބަޖެޓެކެވެ.

ނަމަވެސް، ސެޕްޓެމްބަރު 31، 2025، ގެ ނިޔަލަށް ދައުލަތުން ހަރަދުކޮށްފައިވާ ގޮތުގެ ފިސްކަލް ޑިވެލޮޕްމަންޓު ރިޕޯޓުން ދައްކާ ގޮތުގައި ނިމިގެންދިޔަ އަހަރު ރައީސް އޮފީހުން 229.7 މިލިއަން ރުފިޔާ ހަރަދުކުރި އެވެ. އެއީ ބަޖެޓަށް ވުރެ 22.9 މިލިއަން ރުފިޔާ އިތުރުވުމެކެވެ.

މައުޟޫޢުތަށް