ވީއައިއޭގައި މާރާމާރީ ހިންގުމުން ނަސޭހަތްދިން ދެ މީހުން ހައްޔަރުކޮށްފި
އަދަދު
20 ޖެނުއަރީ 2026 | އަންގާރަ | 11:53
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ގެ ޓެކްސީ ކިއު ސަރަހައްދުގައި މި މަހު 9، ގައި މާރާމާރީ ހިންގި މައްސަލައިގައި ނަސޭހަތް ދިން ދެ ބިދޭސީން ހައްޔަރުކޮށްފި އެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކުރީ ސްރީލަންކާއަށް ނިސްބަތްވާ ތިލަކް ސޯމަޗަންދްރަ މަޑެތަލަވޭ ކަންކަންނަމަލަގޭ، 43 އަދި ޕްރިޔަންތަ ސިލްވާ ދެވަނިއްތިގެ، 46 އެވެ.
ފުލުހުން ބުނީ އެ ދެ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ދެ މީހުންގެ ބަންދަށްވެސް 15 ދުވަސް ކޯޓުން ޖަހާފައިވާ ކަމަށެވެ.