"ޑްރަގް ބޮޑު" ބަންދުން ދޫކޮށްލަން ފާއިޒު ނިންމީ ގޯސްކޮށް ކަމަށް ހައި ކޯޓުން ނިންމައިފި

އަދަދު

20 ޖެނުއަރީ 2026 | އަންގާރަ | 6:03

ފުލުހުން އަމަލުކުރި ގޮތުން ކަމަށް ބުނެ "ޑްރަގް ބޮޑެއް" ކަމަށްވާ ސ. ހިތަދޫ، ކޯޒީކޯނާ، އަލީ އަންވަރު މުހައްމަދު ބަންދުން ދޫކޮށްލަން ކްރިމިނަލް ކޯޓުގެ ގާޒީކަމުން ވަކިކުރި ހުސެއިން ފާއިޒް ރަޝާދު ނިންމެވީ ގޯސްކޮށް ކަމަށް ހައި ކޯޓުން މިއަދު ހުކުމްކޮށްފި އެވެ.

މިދިޔަ އަހަރުގެ އޮކްޓޯބަރު 11، ގައި ހައްޔަރުކުރި އަންވަރުގެ ބަންދުން ދޫކުރުމަށް ގާޒީ ފާއިޒް ނިންމެވީ ކުށެއްގެ ތުހުމަތުގައި ބަލައި ފާސްކުރުމުގެ އަމުރާއި ހައްޔަރު އަމުރު، ކޯޓުން އެކީ އެއް ފަހަރާ ނެރޭއިރު، ހައްޔަރު އަމުރު ތަންފީޒުކުރެވޭނީ ބަލައި އަމުރު ތަންފީޒުކޮށް ކުށާއި ގުޅުންހުރި ހެކި ގަރީނާ ހޯދާފައި ނުވާ ކަމަށް ބުނެ އެވެ.

ނަމަވެސް ހައި ކޯޓުން ހުކުމްކުރީ މި މައްސަލައިގެ އަމުރަކީ ޝަރުތުތަކާއެކު ނެރެފައިވާ އަމުރަކަށް ނުވާތީ، އެ އަމުރު ތަންފީޒުކުރުމަށްޓަކައި ތަރުތީބެއް އޮންނަންޖެހޭ ކަމަށް ދަށު ކޯޓުން ކަނޑައަޅައި، ބަލައި ފާސްކުރުމުގެ ކުރިން ހައްޔަރުކޮށްފައިވާތީ، އިސްތިއުނާފު ރައްދުވާ ފަރާތުގެ ހައްޔަރު ގޯސްކަމަށާއި އެހެންކަމުން ބަންދުން ދޫކުރުމަށް ނިންމާފައިވަނީ ގާނޫނީ އުސޫލުތަކާ އެއްގޮތަށް ކަމަށް ނުބެލެވޭ ކަމަށެވެ.

މައުޟޫޢުތަށް