ދިރާސީ އަހަރަށް މާލެއިން ހުޅުމާލެއަށް 800 އަށްވުރެ ގިނަ ދަރިވަރުން ބަދަލުވެއްޖެ
އަދަދު
21 ޖެނުއަރީ 2026 | ބުދަ | 1:30
ދިރާސީ އަހަރު ފެށެންވާއިރަށް މާލޭގެ އެކި ސްކޫލްތަކުން ހުޅުމާލޭގެ އެކި ސްކޫލްތަކަށްށް އިއްޔެގެ ނިޔަލަށް ޖުމްލަ 836 ދަރިވަރުން ބަދަލުވެފައިވާ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން މިއަދު ބުނެފި އެވެ.
އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު އަދަދު އަށް ވިދާޅުވީ އިއްޔެގެ ނިޔަލަށް މާލޭގެ އެކި ސްކޫލްތަކުން ހުޅުމާލޭގެ އެކި ސްކޫލްތަކަށް 836 ދަރިވަރުން ބަދަލުވިއިރު، އަތޮޅުތެރޭގެ އެކި ސްކޫލްތަކުން ޖުމްލަ 753 ދަރިވަރުން ހުޅުމާލެއަށް ބަދަލުވެފައިވާ ކަމަށެވެ.
އަތޮޅުތެރެއިން ގްރޭޓާ މާލެ ސަރަހައްދަށް އިއްޔެގެ ނިޔަލަށް 1،530 ދަރިވަރުން ބަދަލުވެފައިވާއިރު، އޭގެ ތެރޭގައި ހުޅުމާލެއަށް ބަދަލުވި 753 ދަރިވަރުން ހިމެނޭ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.