ޗާގޯސް ލިބުން އެންމެ ހައްގީ ރާއްޖެއަށް، ކަންބޮޑުވުންތައް އިނގިރޭސި ސަރުކާރާ ވާނީ ހިއްސާކޮށްފައި: މުއިއްޒު

އަދަދު

21 ޖެނުއަރީ 2026 | ބުދަ | 11:55

ޗާގޯސް ޖަޒީރާގެ ސިޔާދަތީ ބާރު އޮތުން އެންމެ ހައްގު ގައުމަކީ ރާއްޖެ ކަމަށާއި އިނގިރޭސިވިލާތުން ޗާގޯސްގެ ސިޔާދަތީ ބާރު މޮރިޝަސްއަށް ދޫކޮށްލި މައްސަލައާ ގުޅިގެން ރާއްޖޭގެ ކަންބޮޑުވުންތައް އިނގިރޭސި ސަރުކާރާ ހިއްސާކޮށްފައިވާ ކަމަށް ރައީސް މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ރާއްޖޭގެ ދެކުނުން އޮންނަ ޗާގޯސް ޖަޒީރާ ނުވަތަ ފޯޅަވަހީގެ ސިޔާދަތީ ބާރު ރާއްޖެއަށް ލިބުން މާ ހައްގު ކަމަށް ވިދާޅުވެ، އިނގިރޭސިވިލާތުގެ ސަރުކާރަށް ސިޓީއެއް ފޮނުއްވާފައިވާ ކަމަށް މުއިއްޒު މީގެ ކުރިން ވެސް ވިދާޅުވި އެވެ. އެ ސިޓީ ރައީސް އޮފީހުން ސިއްރުކުރިއިރު މެއި، 2025، ގައި މޮރިޝަސްއާ ޗާގޮސް ހަވާލުކުރީ އެ ސިޓީއަށް އިޖާބަ ދިނުމެއް ނެތި އެވެ.

އިނގިރޭސިވިލާތުގެ "ދަ އެކްސްޕްރެސް" އަށް ދެއްވި އިންޓަވިއުއެއްގައި މުއިއްޒު ވަނީ އެ މައްސަލައާ ގުޅިގެން ރާއްޖޭގެ ދައުވާ އާއި ކަންބޮޑުވުންތައް ވަރަށް ރަނގަޅަށް އިނގިރޭސި ސަރުކާރަށް އެނގޭނެ ކަމަށް ވިދާޅުވެފަ އެވެ.

މައުޟޫޢުތަށް