ފްލެޓް އަޅަން ބޭރުގެ ކުންފުނިތަކަށް ދިނީ ތަޖުރިބާއަށް ބެލުމަށްފަހު: ބީއެމްއެލް
އަދަދު
21 ޖެނުއަރީ 2026 | ބުދަ | 3:34
ވިޔަފާރި ބޭންކުތަކުން ބޯހިޔާވަހިކަމަށް އިންވެސްޓުކުރަން މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ކަނޑައެޅި ގަވާއިދުގެ ދަށުން، ހައުސިން ޔުނިޓުތަކެއް އެޅުމަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ބޭރުގެ ކުންފުނިތަކަށް ދިނީ ތަޖުރިބާއަށް ބެލުމަށްފަހު ކަމަށް އެ ބޭންކުން މިއަދު ބުނެފި އެވެ.
ބީއެމްއެލް އިން ބުނީ އެ ކުންފުނީގެ ސަބްސިޑަރީއެއް ކަމަށްވާ ބީއެމްއެލް އެފޯޑަބަލް ހޯމް ލީސިން ކުންފުނިން ހުޅުމާލޭގައި އަޅާ ފްލެޓްތައް އިމާރާތްކުރުމުގެ ދެ މަޝްރޫއެއްގެ މަސައްކަތް ބިދޭސީ ކުންފުނިތަކާ ހަވާލުކުރީ މާލީ ގާބިލުކަމާއި ހޯދާފައިވާ ތަޖުރިބާއަށް ބެލުމަށްފަހު ކަމަށެވެ.
މިގޮތުން ބޭރުގެ ކުންފުނިތަކާއި މަޝްރޫއުތައް ހަވާލުކުރީ ބޭންކުން ކަނޑައަޅާފައިވާ ކޮންޓްރޯލް އަގުތަކެއްގައި ކަމަށާއި އެ ކުންފުނިތަކަކީ މަސައްކަތްތަަކަށް ހުއްޓުމެއް ނުގެނެސް އަވަހަށް ނިންމާލުމުގެ ފަންނީ އަދި މާލީ ގާބީލުކަން ވެސް ހުރި ކުންފުނިތަކެއް ކަމަށް ބީއެމްއެލް އިން ބުންޏެވެ.