މިފްކޯގެ ސެންޓަރުތަކަށާއި ބޯޓުތަކަށް ކަންނެލި ގަންނަން ފަށައިފި

އަދަދު

21 ޖެނުއަރީ 2026 | ބުދަ | 7:37

މިފްކޯގެ ސެންޓަރުތަކަށާއި ބޯޓުތަކަށް 10 ކިލޯއަށްވުރެ މަތީގެ ކަންނެލި ގަންނަން ފަށައިފި އެވެ.

މިފްކޯއިން ބުނީ 10 ކިލޯ އާއި 15 ކިލޯއާ ދެމެދުގެ ކަންނެލި ގަންނަން ފެށީ ކިލޯއެއް 20ރ. ގެ މަގުން ކަމަށާއި 15 ކިލޯއަށްވުރެ މަތީގެ ކަންނެލި ގަންނަމުންދާނީ 25ރ. އަށް ކަމަށެވެ.

އިއްޔެ ކޫއްޑޫ ބަނދަރާއި އައްޑޫ ބަނދަރާއި އަދި ފުވައްމުލަކާއި ގދ. ގައްދޫ އާއި ގދ. ތިނަދޫން މިފްކޯގެ ބޯޓުފަހަރަށް 10 ކިލޯ އާއި 15 ކިލޯއާ ދެމެދުގެ ކަންނެލި ގަނެފައިވާ ކަމަށް މިފްކޯއިން ބުންޏެވެ.

މައުޟޫޢުތަށް