ހުލާސާކޮށް އިއްޔެ: އެޗްޑީސީން މުވައްޒަފުންނަށް ވަޒީފާގެ ބިރު ދައްކަން ފެށުން
އަދަދު
22 ޖެނުއަރީ 2026 | ބުރާސްފަތި | 6:34
ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަންގެ މުވައްޒަފުންނަށް ވަޒީފާގެ ބިރު ދެއްކުމަށް ރިޑަންޑެންސީ ޕޮލިސީއަށް ބަދަލު ގެނެސް އެ ކުންފުނީގައި މަސައްކަތް ކުރާ މުވައްޒަފުން ފަސޭހައިން ވަކި ކުރެވޭ ގޮތް ހަދާފައިވާ ކަމަށް އިއްޔެ ރިޕޯޓުކުރި އެވެ.
އެޗްޑީސީގެ ބޯޑުން މި މަހު 11، ގައި ނެރުނު މެމޯއެއްގައި ބުނީ ކުންފުނީގެ ރިޑަންޑެންސީ ޕޮލިސީގެ 1.1 ވަނަ މާއްދާއަށް ބަދަލު ގެންނަން ބޯޑުން ނިންމާފައިވާ ކަމަށާއި އެ ނިންމުމާ އެއްގޮތަށް އަމަލު ކުރަން ފެށީ މި މަހުގެ އަށްވަނަ ދުވަހުން ފެށިގެން ކަމަށެވެ.
އެޗްޑީސީގެ ބޯޑުން ގެނައި ބަދަލާއެކު މަސައްކަތްތައް ތަރުތީބު ކުރުމަށްޓަކައި އެ ކުންފުނީގެ އޮޕަރޭޝަނަލް އޮނިގަނޑަށް ގެންނަ ބަދަލަކާ ގުޅިގެންނާއި މުވައްޒަފަކު މަސައްކަތް ކުރަމުންދާ ޑިޕާޓުމެންޓެއް އުވައިލައިފި ނަމަ ނުވަތަ އުވައިލަން ނިންމައިފި ނަމަ، އެ ތަނެއްގައި މަސައްކަތް ކުރާ މުވައްޒަފުން ވަކި ކުރުމުގެ ބާރު ކުންފުންޏަށް ލިބެ އެވެ.