ހުޅުމާލެއަކީ މާލޭ ސިޓީ ކައުންސިލްގެ އިހުތިސާސްއިން ބޭރުކުރެވޭނެ ތަނެއް ނޫން: ޒަރިޔަންދު
އަދަދު
22 ޖެނުއަރީ 2026 | ބުރާސްފަތި | 7:48
ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ހިންގުމުގައި ކަނޑައަޅާފައިވާ ލާމަރުކަޒީ އުސޫލުތަކުގެ ތެރެއިން، ހުޅުމާލެއަކީ މާލޭ ސިޓީ ކައުންސިލްގެ މަސްއޫލިއްޔަތުތަކުން ބަރީޢަކުރެވޭނެ ތަނެއް ނޫން ކަމަށް މާލޭ ސިޓީގެ މޭޔަރުކަމަށް ވާދަކުރައްވާ ޒަރިޔަންދު ވިދާޅުވެއްޖެއެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ތާއިދާއެކު، ނަމަވެސް އަމިއްލަ ގޮތުން އިންތިހާބުގައި ވާދަކުރާ ޒަރިޔަންދު މިހެން ވިދާޅުވީ، މާލޭގެ އިދާރީ އޮނިގަނޑާއި ހުޅުމާލޭގެ ހިންގުމާ ގުޅޭގޮތުން އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.
ޒަރިޔަންދު ފާހަގަ ކުރެއްވި ގޮތުގައި، ގާނޫނު އަސާސީގެ 230 ވަނަ މާއްދާގެ (ހ) އިން ރާއްޖޭގެ އިދާރީ ދާއިރާތައް ހިންގަންވާނީ ލާމަރުކަޒީ އުސޫލުންކަން ސާފުކޮށް އެނގެން އޮތްއިރު، ގާނޫނު އަސާސީގެ ޖަދުވަލު 2 އާއި، ލާމަރުކަޒީ ގާނޫނު (7/2010) ގެ 4 ވަނަ މާއްދާގެ (ށ) ގައި ބަޔާންކުރާ ގޮތުން، މާލޭގެ އިދާރީ ދާއިރާގެ ތެރޭގައި މާލެ، ހުޅުމާލެ އަދި ވިލިނގިލި ހިމެނެއެވެ.