އެމްޑީޕީން އަންނަ މަހު 12، ގައި ކައުންސިލް އިންތިހާބުގެ ކެމްޕެއިން ލޯންޗުކުރަނީ
އަދަދު
22 ޖެނުއަރީ 2026 | ބުރާސްފަތި | 11:54
އިދިކޮޅު މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އިން އަންނަ މަހު 12، ގައި ލޯކަލް ކައުންސިލް އިންތިހާބުގެ ކެމްޕެއިން ލޯންޗުކުރުމަށް ހަމަޖެހިއްޖެ އެވެ.
އެމްޑީޕީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކައުންސިލް އިންތިހާބަށް އެމްޑީޕީން ކަނޑައަޅާފައިވާ ތަރުޖަމާނު ދިއްދޫ ދާއިރާގެ ރައީސް އަބްދުﷲ ވަހީދު ވިދާޅުވީ ކެމްޕެއިން ލޯންޗުކުރުމުގެ ޖަލްސާ އަންނަ މަހު 12، ގައި ބާއްވަން މަސައްކަތްކުރަނީ އިންތިހާބަށް ޕާޓީން ވާންޖެހޭ ހުރިހާ ތައްޔާރީތަކެއްވުމަށްފަހު ކަމަށެވެ.
"އަޅުގަނޑުމެން މި މަސައްކަތްކުރަނީ މި އިންތިހާބަށް ތައްޔާރުވުމުގެ ގޮތުން ވާންޖެހޭ ހުރިހާ ތައްޔާރީތަކެއްވެ، އިރާދަކުރެއްވިއްޔާ ފެބްރުއަރީ 12، ވަނަ ދުވަހުގެ ރޭ އެމްޑީޕީގެ ފަރާތުން ލޯކަލް ކައުންސިލް އާއި ޑަބްލިއުޑީސީއަށް ކެމްޕެއިން ލޯންޗުކުރުމުގެ މަސައްކަތް ކުރަމުން،" އޭނާ ވިދާޅުވި އެވެ.