އެމްޖޭއޭގެ ރައީސް ނާއިފްއަށް މަރުގެ އިންޒާރު ދީފި، މައްސަލަ ފުލުހަށް!

އަދަދު

22 ޖެނުއަރީ 2026 | ބުރާސްފަތި | 2:30

މޯލްޑިވްސް ޖާނަލިސްޓު އެސޯސިއޭޝަންގެ ރައީސް، އަހުމަދު ނާއިފްއަށް މަރުގެ އިންޒާރު ދީފި އެވެ.

ދައުރު ނޫހުގެ އެޑިޓަރެއްގެ މަގާމު ވެސް ފުރުއްވާ ނާއިފް މަރާލާނެ ކަމަށް ބުނެ އިންޒާރު ދީފައި ވަނީ ފޭސްބުކް މެސެންޖާ މެދުވެރިކޮށެވެ. ހުސެއިން މެސީގެ ނަމުގައި ހިންގާ ފޭސްބުކް އެކައުންޓަކުން ކުރި ޕޯސްޓެއްގައި އިންޒާރުދީ ބުނެފައި ވަނީ ކ. ގުރައިދޫއަށް އަރައިފި ނަމަ، ވަކިވަކި ކޮށްލާފައި ވިއްކާލާނެ ކަމަށެވެ.

އެކަމާ ގުޅިގެން އަދަދު އާ ވާހަކަދައްކަވަމުން ނާއިފް ވިދާޅުވީ އިންޒާރުގެ މެސެޖުތައް އަންނަން ފެށީ ސަރުކާރު މުވައްޒަފުން ހެދުން އެޅުމުގެ މިންގަނޑާ މެދު ދައުރު ނޫހުގެ ޕޮޑްކާސްޓެއްގައި ދެއްކި ވާހަކަ އާއި ސިޓީ ހޮޓާތަކުން ވެސް ވަކި ހުއްދައެއް ނަގައިގެން ފަތުރުވެރިންނަށް ބަނގުރާ ވިއްކޭ ގޮތް ހަދަންޖެހޭ ކަމަށް ބުނެ ފާޅުކުރި ހިޔާލަކާ ގުޅިގެން ކަމަށެވެ.

މައުޟޫޢުތަށް