ގޭސް މައުމޫންގެ މައްޗަށް ސާބިތުނުވި ފަސް ދައުވާއެއް އިސްތިއުނާފު ކުރަނީ
އަދަދު
22 ޖެނުއަރީ 2026 | ބުރާސްފަތި | 3:20
ޕީޕީއެމް ސަރުކާރުގައި މޯލްޑިވްސް ގޭސްގެ މެނޭޖިން ޑިރެކްޓަރުކަމުގެ މަގާމުގައި ހުންނެވި އަބްދުالله މައުމޫން އެ މަގާމުގައި ހުންނެވި ދުވަސްވަރު ރިޝްވަތު ހިފިކަމުގެ ތުހުމަތުގައި އޭނާގެ މައްޗަށް އުފުލި ހަތް ދައުވާގެ ތެރެއިން ސާބިތުނުވާ ކަމަށް ކޯޓުން ކަނޑައެޅި ފަސް ދައުވާއެއް އިސްތިއުނާފުކުރަން ގަސްތުކުރާ ކަމަށް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ބުނެފި އެވެ.
އޭގެ ތެރެއިން ދެ ދައުވާއެއް ސާބިތުވެ އޭނާގެ މައްޗަށް 12 އަހަރުގެ ޖަލު ހުކުމެއް އިއްވީ ސެޕްޓެމްބަރު 29، 2025 ގަ އެވެ. ސާބިތުނުވާ ފަސް ދައުވާ ހައި ކޯޓުގައި އިސްތިއުނާފު ކުރާނީ ޝަރީއަތް ނިމުނު ގޮތުގެ ފުރިހަމަ ރިޕޯޓު ލިބުމުން ކަމަށް ޕީޖީއިން ބުނެ އެވެ.
"މި ފަސް ދައުވާ ސާބިތުނުވާކަމަށް ނިންމި ސަބަބުތަކަށް ބަލާއިރު މި ނިންމުން ނިންމާފައިވަނީ ދައުލަތުން ހުށަހެޅި ހެކިތަކަށް އެކަށީގެންވާ ގޮތެއްގައި ރިޢާޔަތް ކުރުމެއްނެތި، ޝަރުއީ އަދި ގާނޫނީ އުސޫލުތަކާ ހިލާފަށް ކަމަށް މި އޮފީހަށް ބެލެވޭ،" ޕީޖީއިން ބުނެފައިވެ އެވެ.