އަދަދު ނޫހުގެ ކާޓޫނެއް ނަގަން މީޑިއާ ކޮންޓްރޯލް ކޮމިޝަނުން އަންގައިފި
އަދަދު
22 ޖެނުއަރީ 2026 | ބުރާސްފަތި | 9:07
މިނިވަން މީޑިއާ ނެތިކޮށްލުމަށް ފާސްކުރި ގާނޫނުގެ ދަށުން އުފެއްދި މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަން (ކޮންޓްރޯލް ކޮމިޝަން) އިން އަދަދު ނޫހުން ގެނެސްދިން "ސިޔާސީ ކާޓޫން" އެއް ނެގުމަށް މިއަދު އަންގައިފި އެވެ.
ރާއްޖޭގެ ސިޔާސީ މަސްރަހާއި ގައުމުގައި ހުރި ބޮޑެތި މައްސަލަތަކާ މެދު އާންމުންގެ ހޭލުންތެރިކަން އިތުރުކުރުވުމަށް އަދަދު ނޫހުން ގެނެސްދޭ "ސިޔާސީ ކާޓޫން" ސެގުމެންޓުގައި އިއްޔެ ގެނެސްދިން ކާޓޫނަކީ ދިވެހި މުޖުތަމައުގައި ވައްކަމާއި ރިޝްވަތު ދިނުން އިތުރުވަމުންދާ މިންވަރު ދައްކުވައިދީފައިވާ ކާޓޫނެކެވެ.
އެ ކާޓޫނުގެ މައްސަލަ ބަލަމުންދާކަން ކޮންޓްރޯލް ކޮމިޝަނުން އެންގީ މިއަދުގެ ރަސްމީ ގަޑި ނިމި އިރުއޮއްސެން ކައިރިވެފައި ވަނިކޮށް 17:30 ގަ އެވެ.