ހުލާސާކޮށް އިއްޔެ: އަދަދު ނޫހުގެ "ސިޔާސީ ކާޓޫނު" ނަގަން އެންގުން
އަދަދު
23 ޖެނުއަރީ 2026 | ހުކުރު | 6:31
މިނިވަން މީޑިއާ ނެތިކޮށްލުމަށް ފާސްކުރި ގާނޫނުގެ ދަށުން އުފެއްދި މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަން (ކޮންޓްރޯލް ކޮމިޝަން) އިން އަދަދު ނޫހުން ގެނެސްދިން "ސިޔާސީ ކާޓޫން" އެއް ނެގުމަށް އިއްޔެ އިންޒާރު ދިނެވެ.
ރާއްޖޭގެ ސިޔާސީ މަސްރަހާއި ގައުމުގައި ހުރި ބޮޑެތި މައްސަލަތަކާ މެދު އާންމުންގެ ހޭލުންތެރިކަން އިތުރުކުރުވުމަށް އަދަދު ނޫހުން ގެނެސްދޭ "ސިޔާސީ ކާޓޫނު" ސެގުމެންޓުގައި އިއްޔެ ގެނެސްދިން ކާޓޫނަކީ ދިވެހި މުޖުތަމައުގައި ވައްކަމާއި ރިޝްވަތު ދިނުން އިތުރުވަމުންދާ މިންވަރު ދައްކުވައިދީފައިވާ ކާޓޫނެކެވެ.
އެ ކާޓޫނުގެ މައްސަލަ ބަލަމުންދާކަން ކޮންޓްރޯލް ކޮމިޝަނުން އެންގީ އިއްޔެގެ އޮފީސްތަކުގެ ރަސްމީ ގަޑި ނިމި އިރުއޮއްސެން ކައިރިވެފައި ވަނިކޮށް 17:30 ގަ އެވެ.