ސަރުކާރަށް ނޫނެކޭ ބުނެ ތިލަފަތަށް ވޯޓު ދޭން މިއީ ރަނގަޅު ފުރުސަތެއް: އާދަމް އާޒިމް

އަދަދު

23 ޖެނުއަރީ 2026 | ހުކުރު | 12:52

ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބަކީ ސަރުކާރަށް ނޫނެކޭ ބުނެ، ތިލަފަތަށް ވޯޓު ދޭން މިއީ ރަނގަޅު ފުރުސަތެއް ކަމަށް މާލެ ސިޓީގެ މޭޔަރު އާދަމް އާޒިމް ރޭ ވިދާޅުވެއްޖެ އެވެ.

އެމްޑީޕީން ބޭއްވި ހަރުގެ ޖަލްސާގައި އާޒިމް ވިދާޅުވީ ސަރުކާރު ހިންގާ ޕީއެންސީގެ ކެންޑިޑޭޓުންނަށް މިފަހަރު ވޯޓު ދީފިނަމަ އެ ބުނެވެނީ ސަރުކާރުން ކުރާ ގޯސް ކަންކަން ރަނގަޅު ކަމަށާއި އޭގެ ބަދަލުގައި ތިލަފަތަށް ވޯޓު ދިނުމަށް މިއީ ރަނގަޅު ފުރުސަތެއް ކަމަށެވެ.

"އަޅުގަނޑު ރައްޔިތުންނަށް ދަންނަވާލަން އޮތް ވާހަކައަކީ ތިބޭފުޅުން މިފަހަރު ރަނގަޅަށް ވިސްނަވައްޗޭ. ތިބޭފުޅުން މި ސަރުކާރުގެ އެންމެ ކެންޑިޑޭޓަކަށް ވެސް ރަނގަޅު ފާހަނގަ ޖައްސަވައިފިއްޔާ ތިބުނަނީ އެމީހުން ރަނގަޅަށޭ ކަންތައް ކުރަނީ. އަޅުގަނޑުމެން ވިސްނާފައި އެމްޑީޕީގެ މެންބަރުންގެ ދިމާލަށް، ތިލަފަތާ ދިމާލަށް އަނެއްކާ ފާހަނގަ ޖަހަންވީ ވަގުތު މިއޮތީ އައިސްފައި،" އާޒިމް ވިދާޅުވި އެވެ.

މައުޟޫޢުތަށް