މި ސަރުކާރުން ދެކޭ ގޮތުގައި އެގްރީމަންޓްގައި ސޮއިކޮށް ބިންގާ އެޅުނީމާ ވައުދު ފުދުނީ: ޣަފޫރު

އަދަދު

23 ޖެނުއަރީ 2026 | ހުކުރު | 4:55

މި ސަރުކާރުން ވައުދުވެފައިވާ މަޝްރޫއުތައް ކުރިއަށް ގެންދަން އެގްރީމަންޓްތަކުގައި ސޮއިކޮށް ބިންގާ އެޅިގެންދިޔުމުން، އެ މަޝްރޫއެއްގެ ވައުދު ފުދިގެންދިޔައީ ކަމަށް ވެސް ދެކޭ ކަމަށް އެމްޑީޕީގެ ވަގުތީ ޗެއާޕާސަން އަބްދުލް ޣަފޫރު މޫސާ (ގަޕޯ) ރޭ ވިދާޅުވެއްޖެ އެވެ.

އެމްޑީޕީން ކުރިއަށްގެންދިޔަ ހަރުގެ ޖަލްސާގައި ގަޕޯ ވިދާޅުވީ މި ސަރުކާރުން ގަބޫލުކުރާ އުސޫލަކީ މަޝްރޫއުތަކުގެ އެގްރީމަންޓުތަކުގައި ސޮއިކޮށް ބިންގާއެޅުނީމަ އެއީ މަޝްރޫއެއް ވެސް ނިމުނީ ކަމަށެވެ.

"މި މީހުން ގަބޫލުކުރާ ގޮތުގައި އެގްރީމަންޓެއްގައި ސޮއިކުރީމާ ބިންގާ އެޅީމާ ވައުދު ފުދުނީ. އެއީ މި ސަރުކާރުގައި ގަބޫލުކުރާ އުސޫލަކީ. އެ އުސޫލުގެ މަތިން ކަންކަން ކުރަމުން އެދަނީ،" އޭނާ ވިދާޅުވި އެވެ.

މައުޟޫޢުތަށް