މައްސަލަ ބަލާނެ އުސޫލު އެކުލަވާނުލައި ކާޓޫން ނަގަން ކޮމިޝަނަށް ނޭންގޭނެ: ނާއިފް
އަދަދު
23 ޖެނުއަރީ 2026 | ހުކުރު | 7:42
މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަން (ކޮންޓްރޯލް ކޮމިޝަން) އިން މައްސަލަ ބަލާނެ އުސޫލެއް އެކުލަވާނުލައި 'އަދަދު' ނޫހުގެ ފޭސްބުކް ޕޭޖާއި އެކްސް އެކައުންޓުގައި ޝާއިއުކުރި 'ސިޔާސީ ކާޓޫނު' ނެގުމަށް ނޭންގޭނެ ކަމަށް މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަން (އެމްޖޭއޭ) ގެ ރައީސް އަހްމަދު ނާއިފް މިއަދު ބުނެފި އެވެ.
ނާއިފް އެކްސް ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މައްސަލަ ބަލާނެ އުސޫލެއް އެކުލަވާނުލައި ކޮންޓެންޓް ނެގުންފަދަ ބޮޑު ނިންމުމެއް ނުނިންމޭނެ ކަމަށާއި އެ ކާޓޫނު ދީނަށް ފުރައްސާރަވާ ސަބަބުތައް ސާފުކޮށް ތިލަކޮށް ވެސް ބަޔާންކޮށްފައި ނުވާ ކަމަށެވެ.
މިގޮތުން ކޮމިޝަނުން އިޖުރާއަތްތައް ފުރިހަމަ ނުކުރާއިރު، ކާޓޫން ނެގުމަށް ނިންމި ނިންމުމާ މެދު ގަނޫނީ ސުވާލުތައް ވެސް އޮތް ކަމަށް ނާއިފް ވިދާޅުވި އެވެ.