ހުޅުމާލެ އުތުރަށް "ދިރުން" ގެނެސްދޭން ވަރުގަދަ އަޒުމެއްގައި ޒާޔާ ނުކުމެއްޖެ
އަދަދު
24 ޖެނުއަރީ 2026 | ހޮނިހިރު | 3:33
ހުޅުމާލޭގެ އުސް އިމާރާތްތަކާއި ހަލަބޮލި މަގުތަކުގެ ފުރަގަހުގައި ފޮރުވިފައިވަނީ އެތައް ރައްޔިތުންނެއްގެ ކެކުޅުމާއި ކަންބޮޑުވުންތަކެވެ.
އެތައް ހާސް ބަޔަކު އާބާދުވެފައިވާ ހުޅުމާލޭގެ ދެވަނަ ފިޔަވައްސަކީ، ފާތިމަތު ޒަހިއްޔާ (ޒާޔާ) ސިފަކުރާ ގޮތުގައި، "ކުށުގެ ހާއްޔެކެވެ." އަސާސީ ވަސީލަތްތަކުން މަހުރޫމްވެފައިވާ މި ސަރަހައްދަކީ ހަމައެކަނި "ހަނަފަސް ސަހަރާއެއް" ނޫނެވެ؛ އެއީ އަހަރުތަކަކަށް ދެމިގެން ގޮސްފައިވާ އިހުމާލުގެ ހިތްދަތި ނަތީޖާއެވެ. ނަމަވެސް، މި ހާލަތު ބަދަލުކޮށް، ހުޅުމާލެ އުތުރަށް ހަގީގީ "ދިރުން" ގެނެސްދިނުމުގެ އަޒުމާއެކު ފާތިމަތު ޒަހިއްޔާ (ޒާޔާ) މިވަނީ އަތްކުރި އޮޅާލާފައެވެ.
"ހުޅުމާލެ ފޭސް ދޭއްގެ ނަމުގައި މި ފަތުރާލި ހަނަފަސް ސަހަރާގެ ދަންތުރައިން މިންޖުވެ، ސިޓީއެއްގެ ދިރިއުޅުމަށް ބޭނުންވާ ޒަމާނީ ވަސީލަތްތައް މިތަނުގައި ގާއިމު ކުރެވެންޖެހޭ، ހިތް ފަސޭހަކަމާއި ފެހިކަމާއި ވަސީލަތުގެ ފުރިހަމަކަން މި ދާއިރާއަށް ވެސް ހައްގު،" ޒާޔާ ބުންޏެވެ.