ކައުންސިލް އިންތިހާބަށް ކުރިމަތިލާ ފޯމު މެނުއަލްކޮށް ވެސް ބަލައިގަތުމަށް އެމްޑީޕީން ގޮވާލައިފި
އަދަދު
24 ޖެނުއަރީ 2026 | ހޮނިހިރު | 2:17
ލޯކަލް ކައުންސިލް އިންތިހާބަށް ކުރިމަތިލާ ފޯމު މެނުއަލްކޮށް ވެސް ބަލައިގަތުމަށް އިދިކޮޅު މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އިން މިއަދު ގޮވާލައިފި އެވެ.
އެމްޑީޕީން ކައުންސިލް އިންތިހާބަށް ހަމަޖައްސާފައިވާ ތަރުޖަމާން، ދިއްދޫ ދާއިރާގެ ރައީސް އަބްދުﷲ ވަހީދު ވިދާޅުވީ އިންތިހާބަށް ކުރިމަތިލުމަށް ދީފައިވާ މުއްދަތު ކުޑަކަމުން، މެނުއަލްކޮށް ވެސް ފޯމު ބަލައިގަތުމުގެ އިންތިޒާމު ހަމަޖައްސަން އިލެކްޝަންސް ކޮމިޝަނަށް ގޮވާލާ ކަމަށެވެ.
އޭނާ ވިދާޅުވީ އިންތިހާބުގައި ވާދަކުރުމަށް އޮންލައިންކޮށް ކުރިމަތިލުމަށް ގިނަ ދަތިތަކެއް ކުރިމަތިވާތީ، 24 ގަޑިއިރު އޮންލައިންކޮށް ކުރިމަތިލެވޭނެ އިންތިޒާމު ވެސް އިލެކްޝަނުން ހަމަޖައްސަން ޖެހޭ ކަމަށެވެ.