ދީންވެރިކަން ދައްކައިގެން ފޮށި ފަޅާ މީހުންނާ ގުޅޭ ކާޓޫނު ހެދުމަކީ ދީނަށް ފުރައްސާރަ ކުރުންތޯ ސަވާދު ސުވާލު އުފައްދައިފި

އަދަދު

24 ޖެނުއަރީ 2026 | ހޮނިހިރު | 8:18

ދީނުގެ ނަމުގައި ފަސާދަ ފަތުރާ މީހުން އުޅޭ ކަމަށާއި އެފަދަ މީހުންނާމެދު މީހުން ހޭވެރިކަން ކުރުވުމަކީ ދީނަށް ފުރައްސާރަ ކުރުންތޯ ކުރީގެ ބަންޑާރަ ނައިބު ޑރ. އަހްމަދު އަލީ ސަވާދު ސުވާލު އުފައްދަވައިފި އެވެ.

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ސަވާދު ވިދާޅުވީ ދީނުގެ ނަމުގައި މަގު ފޭރޭ މީހުންނާއި ދީންވެރިކަން ދައްކައިގެން ފޮށި ފަޅާ މީހުން އުޅޭކަމީ ދުނިޔެވީ ހަގީގަތެއް ކަމަށެވެ،

"ދީނުގެ ނަމުގަ ފަސާދަ ފަތުރައި، ތަވާޟުއުވެރި ސިފައިގަ މަގުފޭރޭ މީހުން އުޅޭކަމާއި ޒާހިދުކަން ދައްކައިގެން ފޮށިފަޅާ މީހުން އުޅޭކަމީ ދުނިޔެވީ ހަގީގަތެއް. މި މީސްމީހުނާ މެދު ތިބީންގެ މީހުން ސަމާލުވުމަށް ވައްބަހުންނާ މަޖާޒީ ކުރެހުމުން ހޭވެރިކުރުވުމަކީ ދީނަށް ފުރައްސާރަ ކުރުމަށް ވާނެބާ؟" ސަވާދު ސުވާލު އުފައްދަވައިފައިވެ އެވެ.

މައުޟޫޢުތަށް