އަދަދުގެ ކާޓޫނު އިސްލާމް ދީނުގެ އަސްލަކާ ހިލާފޭ ބުނެވޭނެ ޝަރުއީ އަދި ގާނޫނީ އަސާސެއް ނެތް: ކުރީގެ އުއްތަމަ ފަނޑިޔާރު

އަދަދު

24 ޖެނުއަރީ 2026 | ހޮނިހިރު | 10:01

އަދަދު ނޫހުން މިދިޔަ ބުރާސްފަތި ދުވަހު ގެނެސްދިން ކާޓޫނަކީ އިސްލާމްދީނުގެ އަސްލަކާ ހިލާފު ކާޓޫނެއް ކަމަށް ބުނެވޭނެ ޝަރުއީ އަދި ގާނޫނީ އެއްވެސް އަސާސެއް ނެތް ކަމަށް ކުރީގެ އުއްތަމަ ފަނޑިޔާރު، ޑރ. އަހުމަދު އަބްދުﷲ ދީދީ (ޑީޑީ) ވިދާޅުވެއްޖެ އެވެ.

ޑީޑީ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އަދަދުގެ ކާޓޫނާ ގުޅިގެން ކޮންޓްރޯލް ކޮމިޝަނުން މި ނޫހަށް ފޮނުވި ސިޓީގައި ހަވާލާދީފައިވާ ގާނޫނުއަސާސީގެ ދެ މާއްދާގައި ބަޔާން ކޮށްފައި އޮންނަނީ ދިވެހިރާއްޖޭގެ ދީނަކީ އިސްލާމްދީން ކަމަށާއި އިސްލާމްދީނުގެ އަސްލަކާ ހިލާފު ނުވާގޮތުގެ މަތިން ހިޔާލުފާޅުކުރުމުގެ ހައްގު ކޮންމެ މީހަކަށް ވެސް ލިބިގެންވާ ކަމަށެވެ.

"ބަޔާން ކުރެވުނު ދުސްތޫރީ ނައްސުތަކުގެ އަލީގައި އަދަދު އޮންލައިންގައި ޝާއިއުކޮށްފައިވާ ކުރެހުމަށާއި އެ ކުރެހުމުން ރަމްޒު ކޮށްދޭ މާނައަށް ބެލުމުން އެ ކުރެހުމަކީ އިސްލާމްދީނާ ނުވަތަ އިސްލާމްދީނުގެ އަސްލަކާ ހިލާފު ކޮންޓެންޓެއް ކަމަށް މީޑިއާ ކޮމިޝަނުން ފާހަގަކޮށްފައި ވަނީ އެއްވެސް ސައްހަ ޝަރުއީ އަދި ދުސްތޫރީ ނުވަތަ ގާނޫނީ އަސާސެއްގެ މައްޗަށް ބިނާކޮށް ނޫންކަން ސާފުކޮށް އެނގެ އެވެ،" ޑީޑީ ލިޔުއްވާފައިވެ އެވެ.

މައުޟޫޢުތަށް