ތުރުކީގެ ޓޫރިޒަމް މިނިސްޓަރު ވެލާނާ އެއާޕޯޓުގެ ސީއައިޕީ ޓާމިނަލުގެ ލިފްޓެއްގައި ތާށިވެއްޖެ
އަދަދު
25 ޖެނުއަރީ 2026 | އާދިއްތަ | 2:48
ރާއްޖެއަށް ކުރެއްވި ދަތުރަކަށް ފަހު އެނބުރި ގައުމަށް ވަޑައިގަތުމަށް އިއްޔެ ވެލާނާ އެއާޕޯޓުގެ ސީއައިޕީ ޓާމިނަލުގައި ހުންނަވަނިކޮށް ތުރުކީގެ ޓޫރިޒަމް މިނިސްޓަރު މެހުމަތު ނޫރީ އާސޯއި ލިފްޓެއްގައި ތާށިވެ ބައިގަޑިއިރަށްވުރެ ގިނަ ވަގުތު ހޭދަކުރިކަން އެނގިއްޖެ އެވެ.
އިތުބާރު ހުރި މަސްދަރަކުން އަދަދު ނޫހަށް މައުލޫމާތު ދިން ގޮތުގައި އޭނާ އާއެކު އާއިލާގެ ބައެއް މެންބަރުން ވެސް ލިފްޓުގައި ތާށިވި އެވެ. ލިފްޓަށް ދިމާވި މައްސަލަ ހައްލު ކުރުމަށް ފަހު މިނިސްޓަރާއި އާއިލާ ނެރުމަށް 35 މިނެޓު ވަރު ހޭދަވިކަން ވަނީ އެނގިފަ އެވެ.
މިކަމާ ގުޅޭ ގޮތުން ވެލާނާ އެއާޕޯޓު ހިންގާ އެމްއޭސީއެލްއާ ސުވާލުކުރުމުން ބުނެފައިވަނީ އެފަދަ ކަމެއް ހިނގިތޯ ޖެހޭނީ ބަލާލަން ކަމަށެވެ.