ރޯދަ މަހަށް ހަނދުބަލަން ބާކީ މަސްދުވަސް، ގިނަ ވިޔަފާރިވެރިންނަށް އަދިވެސް ފައިސާއެއް ނުލިބޭ
އަދަދު
25 ޖެނުއަރީ 2026 | އާދިއްތަ | 2:56
ވިޔަފާރިވެރިންނަށް ސަރުކާރުން ދައްކަންޖެހޭ ފައިސާގެ ތެރެއިން ބޮޑު އަދަދެއް އަދިވެސް ނުދައްކާ އޮތް ކަމަށް ބައެއް ވިޔަފާރިވެރިން ބުނެފި އެވެ.
ކުދި އަދި މެދު ފަންތީގެ ވިޔަފާރިވެރިންނާ ބައްދަލުކުރެއްވުމަށް މިދިޔަ ޑިސެމްބަރު 17، ގައި ރައީސުލްޖުމްހޫރިއްޔާ މުހައްމަދު މުއިއްޒު ބޭއްވެވި ބައްދަލުވުމުގައި އެމަނިކުފާނު ވިދާޅުވީ ވިިޔަފާރިވެރިންނަށް ނުދީ ހުރި ފައިސާ އެންމެ ފަސްވެގެން އަންނަ ރޯދަ މަހުގެ ކުރިން ދައްކައި ހަލާސް ކުރައްވާނެ ކަމަށެވެ.
ނަމަވެސް، އަދަދު އަށް މައުލޫމާތު ދިން ބައެއް ވިޔަފާރިވެރިން ބުނީ ސަރުކާރުން ދައްކަންޖެހޭ ފައިސާގެ ތެރެއިން ބޮޑު ބައެއް މިހައިތަނަށް ދައްކާފައި ނުވާ ކަމަށެވެ.