ދަރިވަރުންތަކަކަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުގައި ޓީޗަރަކަށް ދައުވާކޮށްފި

އަދަދު

25 ޖެނުއަރީ 2026 | އާދިއްތަ | 7:17

ދަރިވަރުންތަކަކަށް ޖިންސީގޯނާ ކުރިކަމުގެ ތުހުމަތުގައި މ. އަތޮޅު މަދަރުސާގެ ހެލްތު އެންޑް ފިޒިކަލް އެޑިއުކޭޝަން ޓީޗަރަކަށް މަސައްކަތްކުރި މ. ކޮޅުފުށި، ސާދާގެ، ޝުއައިބު އަބްދުﷲ ގެ މައްޗަށް ދައުވާ ކުރުމަށް މ. ކޮޅުފުށީ މެޖިސްޓްރޭޓް ކޯޓަށް މިދިޔަ ބުދަ ދުވަހު ހުށަހަޅައިފި އެވެ.

ޕްރޮސެކިއުޓާ ޖެނެރަލް އޮފީސް (ޕީޖީ) އިން ބުނީ މ. އަތޮޅު މަދަރުސާގެ ހެލްތު އެންޑް ފިޒިކަލް އެޑިއުކޭޝަން ޓީޗަރެއް ގޮތުގައި ހުރެ، އެ ސްކޫލް ދަރިވަރުންތަކަކަށް ޖިންސީގޯނާ ކުރިކަމުގެ ތުހުމަތުގައި އޭނާގެ މައްޗަށް ފަސް ދައުވާއެއް ކޮށްފައިވާ ކަމަށެވެ.

ޕީޖީން ތުހުމަތުކުރާ ގޮތުގައި މ. އަތޮޅު މަދަރުސާގައި އޭނާ ކިޔަވާދޭ ދެ ކުއްޖެއް ގައިގައި ޖިންސީ ނިޔަތެއް އޮވެގެން އަތްލާފައިވާތީ، އެ ކުދިންނަށް އޮރިޔާން މަންޒަރު ހިމެނޭ ވީޑިއޯ ދައްކާފަ އެވެ.

މައުޟޫޢުތަށް