މޭޔަރަކަށް ޖަލީލު ހޮވުމަކީ ނުރައްކަލެއް، އެކަމާ ދެކޮޅު ހަދަންޖެހޭ: ޝުޖާއު
އަދަދު
26 ޖެނުއަރީ 2026 | ހޯމަ | 8:11
މާލޭ ސިޓީގެ މޭޔަރުކަމުގެ މަގާމަށް، ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ތާއީދާއެކު ކުރީގެ ޗީފް އޮފް ޑިފެންސް ފޯސް މޫސާ އަލީ ޖަލީލު ކުރިމަތިލެއްވުމަކީ މާލޭ ސިޓީ ކައުންސިލަށް އޮތް ބޮޑު ނުރައްކަލެއް ކަމަށް ވ. އަތޮޅު ކައުންސިލްގެ ރައީސް ޝުޖާއު އަލީ ސިފަ ކުރައްވައިފި އެވެ.
ޝުޖާއު އިއްޔެ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ޖަލީލަކީ ރައީސް މުއިއްޒުގެ އިހުތިޔާރެއް ނަމަ، މާލޭ ސިޓީ ކައުންސިލަށް އެންމެ ފައިދާހުރި ގޮތަކީ އެކަމާ ދެކޮޅު ހެދުން ކަމަށެވެ.
ޝުޖާއު ފާހަގަކުރެއްވި ގޮތުގައި، މި ނިންމުމާ ދެކޮޅު ހަދަންޖެހޭ މައިގަނޑު ސަބަބަކީ ރައީސް މުއިއްޒުގެ މަސްލަހަތު ފުށުއަރާ އެތައް މައްސަލައެއް މިހާރުވެސް ސިޓީ ކައުންސިލްގެ ތެރޭގައި ހުރުމެވެ. ޖަލީލު އެ މަގާމަށް ގެނައުމުގެ އަސްލު ބޭނުމަކީ އެފަދަ މައްސަލަތައް އޮއްބާލުން ކަމަށް އޭނާ ތުހުމަތު ކުރެއްވިއެވެ.