މީޑިއާ ކޮމިޝަނުން މަސައްކަތް ކުރަނީ ސިޔާސީ ނުފޫޒެއްގެ ދަށުން ކަމަށް އަދަދު އިން ބުނެފި

އަދަދު

26 ޖެނުއަރީ 2026 | ހޯމަ | 10:02

އަދަދު ނޫހުން ޝާއިއުކުރި ސިޔާސީ ކާޓޫނެއް ނަގަން މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަނުން އެންގި އެންގުމަކީ ސިޔާސީ ނުފޫޒެއްގެ ދަށުން އަންގާފައިވާ އެންގުމަކަށްވާތީ އާއި އެ ކޮމިޝަނުން ހަވާލާދިން ގާނޫނީ މާއްދާތަކާ އެ ކާޓޫން ހިލާފުވާ ކަމަށް ނުބެލެވޭތީ އެ ކާޓޫން ނުނެގުމަށް އެ ނޫހުން ނިންމައިފި އެވެ.

އެ ކާޓޫނުގެ މައްސަލަ ބަލަމުންދާކަން ކޮމިޝަނުން އެންގީ މިދިޔަ ބުރާސްފަތި ދުވަހުގެ އޮފީސްތަކުގެ ރަސްމީ ގަޑި ނިމި އިރުއޮއްސެން ކައިރިވެފައި ވަނިކޮށް 17:30 ގަ އެވެ. އެ މައްސަލަ ބަލައި ނިމެންދެން ކާޓޫން ނަގައި ކާޓޫން ސެގުމެންޓު އެއްކޮށް ހުއްޓާލުމަށް ކޮންޓްރޯލް ކޮމިޝަނުން އެންގި އެވެ.

އެ ކޮންޓެންޓު އިސްލާމް ދީނުގެ އަސްލަކާ ހިލާފު ކަމަށް 'ތުހުމަތު ކުރެވި' އެ ގޮތަށް ނިންމި ގާނޫނީ ސަބަބުތައް ކޮންޓްރޯލް ކޮމިޝަނުން ސާފުކޮށްދިނުމަށް އަދަދު ނޫހުން އެދުނު ނަމަވެސް އެ ސަބަބުތައް ސާފުކޮށް ދެވިފައެއް ނުވެ އެވެ.

މައުޟޫޢުތަށް