ޗައިނާއިން އައި ޓޫރިސްޓުންގެ އަދަދު ބޮޑުތަނުން ދަށަށް ގޮސްފި
އަދަދު
26 ޖެނުއަރީ 2026 | ހޯމަ | 11:12
މިދިޔަ ދެ އަހަރު ރާއްޖެއަށް އެންމެ ގިނައިން ޓޫރިސްޓުން އައި ގައުމު ކަމަށްވާ ޗައިނާއިން މި އަހަރުގެ މިހާތަނަށް ފަތުރުވެރިންގެ އަދަދު ބޮޑުތަނުން ދަށްވެފައިވާކަން ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކައިފި އެވެ.
އެ މިނިސްޓްރީން އިއްޔެ އާންމުކުރި ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި ރާއްޖެއަށް އެންމެ ގިނައިން ޓޫރިސްޓުން އަންނަ ގައުމުތަކުގެ ލިސްޓުގައި ޗައިނާ މިވަގުތު އޮތީ ހަތަރު ވަނައިގަ އެވެ. މިދިޔަ އަހަރުގެ ފުރަތަމަ 25 ދުވަސް ނިމުނުއިރު ޗައިނާ އޮތީ އެ ލިސްޓުގެ އެއްވަނައިގަ އެވެ.
ޓޫރިޒަމް މިނިސްޓްރީގެ ނަންބަރުތައް ދައްކާގޮތުން ޖެނުއަރީ 24، ގެ ނިޔަލަށް ޗައިނާއިން ރާއްޖެއަށް އައީ 13،889 ޓޫރިސްޓުންނެވެ. މިދިޔަ އަހަރުގެ ޖެނުއަރީ 25، އާ ހަމައަށް އެ ގައުމުން 23,186 ޓޫރިސްޓުން އައެވެ. މިއީ 10،000 ޓޫރިސްޓުންގެ މަދު ވުމެކެވެ.