ފުވައްމުލަކުން ގިނަ އަދަދެއްގެ ޑްރަގާއެކު ދެ މީހުން ހައްޔަރުކޮށްފި

އަދަދު

26 ޖެނުއަރީ 2026 | ހޯމަ | 1:55

ކައުންޓާ ނާކޮޓިކްސް އިންޓެލިޖެންސާއި ފުވައްމުލައް ސިޓީ ޕޮލިސް ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ގިނަ އަދަދެއްގެ ޑްރަގާއެކު ދެ މީހަކު މިދިޔަ ހޮނިހިރު ދުވަހު ހައްޔަރުކޮށްފި އެވެ.

ފުލުހުން ބުނީ މަސްތުވާތަކެތި ގެންގުޅެ އެ ތަކެތި ވިއްކައި ވިޔަފާރިކުރާކަމަށް ލިބުނު މައުލޫމާތާ ގުޅިގެން ހިންގި އޮޕަރޭޝަނުގެ ތެރެއިން އެ ދެ މީހުން ހައްޔަރުކޮށް ބަލާ ފާސްކުރިއިރު 112.9 ގްރާމުގެ ޑްރަގާއި 25،000 އަށްވުރެ ގިނަ ރުފިޔާ ފެނިފައިވާ ކަމަށެވެ.

މި މައްސަލައާ ގުޅިގެން ހައްޔަރުކުރި ދެ މީހުންގެ ތެރެއިން މިވަގުތު ބަންދުގައި ހުރީ ޏ. ފުވައްމުލައް، ރޯޝަން، އަބްދުﷲ ޝިފާއު، 26 އެވެ. އޭނާގެ ބަންދަށް ކޯޓުން ވަނީ 15 ދުވަސް ޖަހާފަ އެވެ.

މައުޟޫޢުތަށް