މީޑިއާ ކޮމިޝަނުގެ ގާނޫނު ބާތިލުކުރަން ހައި ކޯޓަށް ހުށަހަޅައިފި

އަދަދު

26 ޖެނުއަރީ 2026 | ހޯމަ | 4:56

މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަނުގެ ގާނޫނު ބާތިލް ކުރަން މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަން (އެމްޖޭއޭ) އިން ހައި ކޯޓަށް މައްސަލައެއް ވައްދައިފި އެވެ.

އެމްޖޭއޭއިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ އެސޯސިއޭޝަންގެ ރައީސް އަހްމަދު ނާއިފް ވިދާޅުވީ ބާތިލުކުރަން ހުށަހެޅި ގާނޫނަކީ ރާއްޖޭގެ ގާނޫނު އަސާސީގައި އެކަށައަޅާފައިވާ އުސޫލުތަކާއި ރާއްޖެ ބައިވެރިވެފައިވާ މުއާހަދާތަކާ ވެސް ހިލާފަށް ފާސްކޮށްފައިވާ ގާނޫނެއް ކަމަށެވެ.

"މި ގާނޫނަކީ ރާއްޖޭގެ ގާނޫނުއަސާސީ އެންވިޝަން ކުރާ އުސޫލުތަކާއި އޭގެއިތުރަށް ރާއްޖެ ބައިވެރިވެފައި ހުރި ބައިނަލްއަގުވާމީ މުއާހަދާތައް، އެއީ އައިސީސީޕީއާރްގެ އާޓިކަލް 19 ގައި އެބުނާ ތްރީޕާޓް ޓެސްޓާވެސް ހިލާފަށް އެކުލަވާލެވިފައި އޮތް ގާނޫނެއްކަން ވަރަށް ސާފުކޮށް އެބަ އޮތް އެނގެން. ދެން ރައްޔިތުންގެ މަޖިލީހުގެ ބާރެއް އޮތަތީވެ ނަންބަރު ހަމަވީމަ ކަމެއް ކުރެވިދާނެ،" ނާއިފް ވިދާޅުވި އެވެ.

މައުޟޫޢުތަށް