ކައުންސިލް އިންތިހާބަށް އީފާސް ބޭނުންކުރާ މައްސަލައިގައި އިލެކްޝަންސް ގޮވައިގެން ޔާމީން ކޯޓަށް
އަދަދު
26 ޖެނުއަރީ 2026 | ހޯމަ | 5:34
ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބަށް އަމިއްލަ ގޮތުން ވާދަކުރާ ކެންޑިޑޭޓުންގެ ތާއީދު ފޯމު ފުރުމަށް ހަމައެކަނި އީފާސް ބޭނުންކުރާ މައްސަލައިގައި ކުރީގެ ރައީސް އަބްދުالله ޔާމީން އަބްދުލްގައްޔޫމް އިލެކްޝަންސްއާ ދެކޮޅަށް ދައުވާ އުފުލައިފި އެވެ.
ރޭ ބޭއްވި ޕީއެންއެފްގެ ޖަލްސާގައި ވާހަކަދައްކަވަމުން ޔާމީން ވިދާޅުވީ ޝަރުއީ ކޯޓުތަކުގައި ވެސް ހެއްކެއް ބަލައިގަންނަނީ، އޭގެ އަސްލު ކިތާބީ ނުވަތަ ޝަފަހީ ހެކި އޮންނަ ނަމަ، ކަމަށެވެ. އެހެންކަމުން، ކަރުދާހުން ކުރާ މުއާމަލާތް އެއްކޮށް ހުއްޓައިލުމުގެ ބާރު އިލެކްޝަންސް ކޮމިޝަނަށް ލިބިގެން ނުވާ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
އަދި، ހަމައެކަނި އީފާސް ބޭނުންކޮށްގެން ކެންޑިޑޭޓުންގެ ކަންކަން ކުރިއަށް ގެންދިޔުމަށް ގާނޫނީ ގޮތުން ވެސް އިލެކްޝަންސްއަށް ބާރު ނުލިބޭ ކަމަށް ޔާމީން ވިދާޅުވި އެވެ.