ބޮލަށް ސީރިއަސް އަނިޔާއެއް ލިބުނު މީހަކަށް ޑޮކްޓަރު ލިޔެދިން ބޭސް އައްޑޫއިން ނުލިބުނު!

އަދަދު

26 ޖެނުއަރީ 2026 | ހޯމަ | 7:43

އައްޑޫގައި ރޭ ހިނގި ހާދިސާއެއްގައި ބޮލަށް ސީރިއަސް ޒަހަމެއް ލިބުނު މީހަކަށް ޑޮކްޓަރު ލިޔެދިން ބޭސް މުޅި އައްޑޫއިން ވެސް ނުލިބުނުކަމުގެ ޝަކުވާއެއް ފެންމަތިވެއްޖެ އެވެ.

އައްޑޫ މީދޫ ދާއިރާގެ މެންބަރު، އަބްދުއްރަހުމާން ވިދާޅުވީ އައްޑޫ ގަރާޖެއްގައި ރޭ ހިނގި ހާދިސާގައި އަނިޔާވި މީހާގެ ބޮލަށް ސީރިއަސް ޒަހަމެއްވެފައިވާ ކަމަށާއި، އެ ޒަހަމުގެ ސަބަބުން އެ މީހާގެ ސިކުނޑި ދުޅަވަމުންދިޔަ ކަމަށެވެ. އައްޑޫއިން ނުލިބުނު ބޭހަކީ އެ މީހާގެ ސިކުނޑީގެ ދުޅަ ތިރިކުރަން ދީފައި ހުރި ބޭހެއް ކަމަށް އަބްދުއްރަހްމާން ވިދާޅުވި އެވެ.

"ސިކުނޑި ދުޅާ ވާތީ ދުޅަ ތިރިކުރަން ދީފައި ހުރި ބޭހެއް އެއީ، ގަންނާކަށް ނުލިބުނު، މުޅި އައްޑޫގެ ހުރިހާ ފާމަސީއެއް ބެލިން، ގަންނާކަށް ނުލިބުނު،" އަބްދުއްރަހްމާން ވިދާޅުވި އެވެ.

މައުޟޫޢުތަށް