ހުލާސާކޮށް އިއްޔެ: ބޮލަށް ސީރިއަސް އަނިޔާއެއް ލިބުނު މީހަކަށް ލިޔެދިން ބޭސް އައްޑޫއިން ނުލިބުނު!

އަދަދު

27 ޖެނުއަރީ 2026 | އަންގާރަ | 6:11

އައްޑޫގައި ހިނގި ހާދިސާއެއްގައި ބޮލަށް ސީރިއަސް އަނިޔާއެއް ލިބުނު މީހަކަށް ޑޮކްޓަރު ލިޔެދިން ބޭސް މުޅި އައްޑޫއިން ވެސް ނުލިބިގެން އެކަމުގެ ކަންބޮޑުވުން އައްޑޫ މީދޫ ދާއިރާގެ މެންބަރު، އަބްދުއްރަހުމާން އިއްޔެ ފާޅުކުރެއްވި އެވެ.

އަބްދުއްރަހުމާން ވިދާޅުވީ އައްޑޫ ގަރާޖެއްގައި އާދީއްތަ ދުވަހުގެ ރޭ ހިނގި ހާދިސާގައި އަނިޔާވި މީހާގެ ބޮލަށް ސީރިއަސް ޒަހަމެއްވެފައިވާ ކަމަށާއި، އެ ޒަހަމުގެ ސަބަބުން އެ މީހާގެ ސިކުނޑި ދުޅަވަމުންދިޔަ ކަމަށެވެ. އައްޑޫއިން ނުލިބުނު ބޭހަކީ އެ މީހާގެ ސިކުނޑީގެ ދުޅަ ތިރިކުރަން ދީފައި ހުރި ބޭހެއް ކަމަށް އަބްދުއްރަހްމާން ވިދާޅުވި އެވެ.

"ސިކުނޑި ދުޅާ ވާތީ ދުޅަ ތިރިކުރަން ދީފައި ހުރި ބޭހެއް އެއީ، ގަންނާކަށް ނުލިބުނު، މުޅި އައްޑޫގެ ހުރިހާ ފާމަސީއެއް ބެލިން، ގަންނާކަށް ނުލިބުނު،" އަބްދުއްރަހްމާން ވިދާޅުވި އެވެ.

މައުޟޫޢުތަށް