ރައްޔިތުންގެ އިންތިހާ ކަންބޮޑުވުން ހުރިއިރު ސާޖިދާ ވިދާޅުވީ ސަރުކާރު މިދަނީ ރަނގަޅު ސިޔާސަތަކާ ދިމާލަށް ކަމަށް!
އަދަދު
27 ޖެނުއަރީ 2026 | އަންގާރަ | 9:54
ރާއްޖޭގެ އިގުތިސާދީ އަދި އިޖުތިމާއީ ހާލަތާ މެދު ރައްޔިތުންގެ މެދުގައި ބޮޑެތި ކަންބޮޑުވުންތަކެއް ހުރި ދަނޑިވަޅެއްގައި، ސަރުކާރު މިދަނީ ވަރަށް ރަނގަޅު ސިޔާސަތުތަކަކާއެކު ކުރިއަށް ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު ރޭ ވިދާޅުވެއްޖެ އެވެ.
ލޯކަލް ކައުންސިލް އިންތިހާބުގެ މާފަންނު ދެކުނު ދާއިރާގެ ޕީއެންސީ ކެމްޕެއިން ޖަގަހަ ހުޅުވުމަށް ރޭ ބޭއްވި ހަފުލާގައި ސާޖިދާ ވަނީ، ސަރުކާރުގެ މަސައްކަތްތަކަށް ވަރަށް ބޮޑަށް ސަނާ ވިދާޅުވެފަ އެވެ.
ނަމަވެސް އެކަމަނާގެ މި ވާހަކަފުޅުތައް އައިސްފައިވަނީ ޑޮލަރު އަތް ނުފޯރާ ފަށަށް އަރައި، މުދަލުގެ އަގުބޮޑުވުމާއި، ބޭސް ނުލިބުމާއި ބޯހިޔާވަހިކަމުގެ މައްސަލަތަކުގެ އިތުރުން މުއިއްޒު ވީ ވައުދުތައް ނުފުއްދަވާ ކަމުގެ ޝަކުވާތައް ބޮޑުވެފައިވާ ދަނޑިވަޅެއްގަ އެވެ.