މި އަހަރު ދައުލަތަށް ލިބުނު އާމްދަނީ އާއި ކުރި ހަރަދުގެ އެއްވެސް ތަފުސީލެއް ހާމައެއް ނުކުރޭ

އަދަދު

27 ޖެނުއަރީ 2026 | އަންގާރަ | 12:59

އާންމު އުސޫލުގެ ދަށުން ކޮންމެ ހަފުތާއަކުން ހާމަކުރާ ވީކްލީ ފިސްކަލް ރިޕޯޓު ނެރުން އަނެއްކާވެސް މެދުކެނޑި މި އަހަރު ފެށުނީއްސުރެ ދައުލަތަށް ލިބުނު އާމްދަނީ އާއި ދައުލަތުން ކުރި ހަރަދުތައް ސިއްރުކޮށްފި އެވެ.

ފިނޭންސް މިނިސްޓްރީން އެންމެ ފަހުން އާންމުކޮށްފައިވަނީ މިދިޔަ އަހަރުގެ ނިޔަލަށް ދައުލަތުން ކުރި ހަރަދާއި ލިބުނު އާމްދަނީގެ ތަފުސީލުތަކެވެ. އެ ހިސާބުތައް އާންމުކުރީ ވެސް މި މަހު 19 ގަ އެވެ.

މިއީ މާލީ ހިސާބުތަކުގެ ތަފުސީލު ހާމަކުރުން މި ސަރުކާރުން ހުއްޓާލި ފުރަތަމަ ފަހަރެއް ނޫނެވެ. މިދިޔަ ދެ އަހަރާއި ދެ މަސްދުވަހުގެ ތެރޭ އެކި ފަހަރު މަތިން އެކި މުއްދަތައް މި ހިސާބުތައް އާންމުކުރުން ހުއްޓާލި އެވެ. އެއަށްފަހު ދެން އާންމުކުރަނީ އެ ދުވަސްތަކުގައި ނުނެރެ ހިފެހެއްޓި ރިޕޯޓުތަކާ ވެސް އެކުގަ އެވެ.

މައުޟޫޢުތަށް