މޯލްޑިވްސް ގޭސްގެ ޑީއެމްޑީގެ މަގާމުގައި ހުންނެވި ރުކުމާ މުހައްމަދު އަބްދުލްކަރީމް މަގާމުން ވަކިކޮށްފި
އަދަދު
27 ޖެނުއަރީ 2026 | އަންގާރަ | 11:19
މޯލްޑިވްސް ގޭސްގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރުގެ މަގާމުގައި ހުންނެވި، ރުކުމާ މުހައްމަދު އަބްދުލްކަރީމް އެ މަގާމުން ވަކިކޮށްފި އެވެ.
އޭނާ އެ މަގާމުން ވަކިކޮށްފައިވާކަން މުއުތަބަރު ފަރާތަކުން އަދަދު އަށް ވަނީ ކަށަވަރު ކޮށްދީފަ އެވެ. ނަމަވެސް، އޭނާގެ ބަހެއް މިކަމާ ބެހޭ ގޮތުން އަދި ނުލިބެ އެވެ.
މުހައްމަދު އަބްދުލްކަރީމް މީގެ ކުރިން ހުންނެވީ ފެނަކަ ކޯޕަރޭޝަން ލިމިޓެޑުގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރުގެ މަގާމުގަ އެވެ. އެ މަގާމުގައި އޭނާ ހުންނަވަނިކޮށް މޯލްޑިވްސް ގޭސްގެ ޑީއެމްޑީގެ މަގާމަށް އޭނާ ބަދަލުކުރީ ޖުލައި 1، 2025 ގަ އެވެ.