ފިޔޯރީ ކައުންސިލުން މުވައްޒަފުން ނަގަން އިއުލާން ކުރީ އެލްޖީއޭއިން ހުއްދަ ދިނުމުން
އަދަދު
27 ޖެނުއަރީ 2026 | އަންގާރަ | 11:55
ގދ. ފިޔޯރީ ކައުންސިލުން 18 މުވައްޒަފުން ނެގުމަށް އިއްޔެ އިއުލާން ކުރީ ލޯކަލް ގަވަމެންޓު އޮތޯރިޓީ (އެލްޖީއޭ) ގެ ހުއްދަ ލިބުމުންކަން އެނގިއްޖެ އެވެ.
ލޯކަލް ކައުންސިލް އިންތިހާބު ބޯމަތިވެފައިވަނިކޮށް ފިޔޯރީ ކައުންސިލުން 18 މުވައްޒަފުން ނެގުމަށް އިއުލާންކުރި ހަބަރު ބައެއް މީޑިއާތަކުގައި ޖެހުމުން އެ ކައުންސިލަށް ފާޑުކިޔުން އަމާޒުވި އެވެ. އެގޮތުން އެއީ ވަޒީފާ މެދުވެރިކޮށް އިންތިހާބަށް ނުފޫޒު ފޯރުވުމަށް ކުރާ ކަމެއް ކަމަށް ބައެއް ފަރާތްތަކުން ބުނެފައިވެ އެވެ.
އަދަދު ނޫހަށް ލިބިފައިވާ ލިޔެކިޔުންތަކުން އެނގޭ ގޮތުގައި ޖެނުއަރީ 18، ގައި އެ ވަޒީފާތަކަށް މީހުން ނެގުމަށް އިއުލާން ކުރުމުގެ ހުއްދައަށް އެލްޖީއޭގައި ފިޔޯރީ ކައުންސިލުން އެދިފައިވެ އެވެ.