ކާގިލްސްއިން ނަގާ 300 މިލިއަން ޑޮލަރުގެ ލޯނު ފައިނަލްވުމާ ގާތަށް

އަދަދު

27 ޖެނުއަރީ 2026 | އަންގާރަ | 3:14

މި އަހަރު ދައްކަން ޖެހޭ ބޮޑު ދަރަނި ދައްކާނެ ފައިސާ ހަމަޖައްސަން ވެގެން ސަރުކާރުން އެމެރިކާގެ ކާގިލް ފައިނޭންޝަލް ސާވިސަސް އިންޓަނޭޝަނަލް (ސީއެފްއެސްއައިޓީ) އިން 300 މިލިއަން ޑޮލަރު ނެގުމުގެ ކަންކަން ފައިނަލްވުމާ ގާތަށް ގޮސްފި އެވެ.

ސަރުކާރުން މި ލޯނު ނަގަން އުޅޭ ކަމަށް އަދަދު އިން ފުރަތަމަ ރިޕޯޓު ކުރީ ނިމުނު ޑިސެމްބަރު 28، ގަ އެވެ. އޭރު، ސަރުކާރާއި މާލީ އިދާރާތަކުގެ މަތީ ފަންތީގައި މިފަދަ މަޝްވަރާތަކެއް ކުރިއަށްދާ ކަމުގެ އިތުރަށް ލޯނާ ގުޅޭ އިތުރު އެއްވެސް މައުލޫމާތެއް ނުލިބެ އެވެ.

ސަރުކާރުން ބޭނުންވާ ވަރުގެ ލޯނެއް ދޫކުރަން ހުށަހެޅީ ކާގިލްސްއިންނެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި 14 ޕަސެންޓަށްވުރެ އިތުރު އިންޓްރެސްޓު ރޭޓެއްގައި 300 މިލިއަން ޑޮލަރު ނެގުމާ މެދު ސަރުކާރުން ގޮތެއް ނިންމުމާމެދު އޮތީ އެންމެ ފަހުގެ މަރުހަލާގަ އެވެ.

މައުޟޫޢުތަށް