ކައުންސިލް އިންތިހާބުގައި ހުޅުމާލެ އުތުރަށް އެމްޑީޕީގެ ޓިކެޓުގައި ވާދަކުރާ ޒާޔާ މާދަމާ ފުލުހަށް ހާޒިރުކުރަނީ
އަދަދު
27 ޖެނުއަރީ 2026 | އަންގާރަ | 4:50
ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި ހުޅުމާލެ އުތުރަށް އެމްޑީޕީގެ ޓިކެޓުގައި ވާދަކުރާ، ފާތިމަތު ޒަހިއްޔާ (ޒާޔާ) މާދަމާ ފުލުހަށް ހާޒިރުވުމަށް އަންގައި ޗިޓު ފޮނުވައިފި އެވެ.
ޒާޔާ ފުލުހަށް ހާޒިރު ކުރަނީ އޭނާ ސޯޝަލްމީޑިއާގައި ކުރި ޕޯސްޓަކާ ގުޅިގެން ބަޔާން ނެގުމަށް ކަމަށް ބުނެ އެވެ. އޭނާއަށް މިއަދު ފުލުހުން ފޮނުވި ޗިޓުގައި ބުނެފައި ވަނީ މާދަމާ މެންދުރުފަހު 2:00 އަށް އާދަމް ހަލީމް ކްރިމިނަލް އިންވެސްޓިގޭޝަން ބިލްޑިންއަށް ހާޒިރުވުމަށެވެ.
އެކަމާ ގުޅޭގޮތުން ޒާޔާ އަދަދުއަށް ބުނީ، މީގެ އެތައް މަހެއް ކުރީގެ މައްސަލައެއްގައި ބަޔާން ނެގުމަށް ކަމަށް ބުނެ ފުލުހަށް ހާޒިރު ކުރަނީ ބިރު ދައްކައި އިންތިހާބަށް ނުފޫޒު ފޯރުވަން ކަމަށެވެ.