ފުލުހަށް ހާޒިރުވާން އަންގައި ޒާޔާއަށް ފޮނުވި ޗިޓު ކެންސަލްކޮށްފި
އަދަދު
28 ޖެނުއަރީ 2026 | ބުދަ | 9:59
މިއަދު ފުލުހަށް ހާޒިރުވާން އަންގައި ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި ހުޅުމާލެ އުތުރަށް އެމްޑީޕީގެ ޓިކެޓުގައި ވާދަކުރާ، ފާތިމަތު ޒަހިއްޔާ (ޒާޔާ) އަށް ފުލުހުންގެ މުއައްސަސާއިން ފޮނުވި ޗިޓު ކެންސަލްކޮށްފި އެވެ.
ޒާޔާ ފުލުހަށް ހާޒިރު ވާން އެންގީ އޭނާ ސޯޝަލްމީޑިއާގައި ކުރި ޕޯސްޓަކާ ގުޅިގެން ބަޔާން ނެގުމަށް ކަމަށް ބުނެ އެވެ. އޭނާއަށް އިއްޔެ ފުލުހުން ފޮނުވި ޗިޓުގައި ބުނެފައި ވަނީ މިއަދުގެ މެންދުރުފަހު 2:00 އަށް އާދަމް ހަލީމް ކްރިމިނަލް އިންވެސްޓިގޭޝަން ބިލްޑިންއަށް ހާޒިރުވުމަށެވެ.
ނަމަވެސް، އެ މައްސަލައިގައި ބަޔާން ނެގުމަށް ފަހުގެ ތާރީހެއްގައި ފުލުހަށް ހާޒިރުވާން އަންގާނެ ކަމަށް ބުނެ ރޭގެ 8:20 ހާއިރު ފުލުހުން ވަނީ އޭނާއަށް ފޯނުން ގުޅައި ޗިޓު ކެންސަލްވިކަން އަންގައިފަ އެވެ.