މެންބަރު ސިނާނުގެ މައްސަލައިގެ އަޑުއެހުންތައް ނިމުނުތާ ހަ މަސްދުވަސް، ހުކުމް އިއްވާ މަޖިލިސް ތާވަލެއް ނުކުރޭ!

އަދަދު

28 ޖެނުއަރީ 2026 | ބުދަ | 10:01

ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު ސިނާންގެ ގޮނޑި ގެއްލިފައިވާ ކަމަށް ބުނާ މައްސަލައިގެ އަޑުއެހުންތައް ނިމުނުތާ ހަ މަސްދުވަސްވެއްޖެ އެވެ.

ސިނާނުގެ ގޮނޑި ގެއްލުނު ކަމަށް ބުނެ މައްސަލައެއް ހުށަހެޅީ، ސިނާން އާއި އެހެން ބަޔަކާ ގުޅިގެން އިސްލާމިކް ބޭންކުން ނަގާފައިވާ 3.8 މިލިއަން ރުފިޔާގެ ލޯނެއްގެ މައްސަލައިގައި ކުރި ހުކުމާ އެއްގޮތަށް ފައިސާ ނުދެއްކި މައްސަލައެއް ފެންމަތިވުމުންނެވެ.

އެ މައްސަލައިގެ އަޑުއެހުންތައް މިދިޔަ ޖުލައި މަހު ވަނީ ނިމިފަ އެވެ. ދެން އޮންނާނީ އެ މައްސަލައިގެ ހުކުމް އިއްވުމެވެ. އެހެންނަމަވެސް، އެންމެފަހުގެ އަޑުއެހުން ނިމުނުތާ ހަ މަސްދުވަސް ފާއިތުވެގެން ދިޔައިރު ވެސް އެ މައްސަލައިގެ ހުކުމް އިއްވާ މަޖިލިސް އަދިވެސް ތާވަލެއް ނުކުރެ އެވެ.

މައުޟޫޢުތަށް